
4 އޮކްޓޯބަރު 2026
އައިލެންޑް ޕާފިއުމް މަޖީދީ މަގަށް؛ ބޮޑު އަދި ރީތި ފިހާރައެއް!
ކުރިން ދަނބުރުމަގުގައި ހުރި އެ ފިހާރައިގެ ހުރިހާ ހިދުމަތްތަކެއް މިހާރު ލިބޭނީ މަޖީދީ މަގުގައި އަލަށް ހުޅުވި ފިހާރައިންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ދަނބުރުމަގުގައި ހިންގަމުން އައި މަގުބޫލު ސެންޓު ފިހާރަ "އައިލެންޑް ޕާފިއުމް" މަޖީދީ މަގަށް ބަދަލުކޮށް، ޖާގަ ތަނަވަސް އާ ފިހާރައަކާއެކު ހިދުމަތް ދޭން ފަށައިފި އެވެ.
މި ބަދަލާއެކު، ކުރިން ދަނބުރުމަގުގައި ހުރި އެ ފިހާރައިގެ ހުރިހާ ހިދުމަތްތަކެއް މިހާރު ލިބޭނީ މަޖީދީ މަގުގައި އަލަށް ހުޅުވި ފިހާރައިންނެވެ.
އައިލެންޑް ޕާފިއުމަކީ ތަފާތު ބްރޭންޑްތަކުގެ އަސްލު ސެންޓާއި، ހަށިގަނޑުގައި އުނގުޅާ ތަފާތު ވަސްތަކުގެ އުފެއްދުންތަކަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ. ރާއްޖޭގެ ފުރަތަމަ "ޕާފިއުމް ބާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފިހާރައަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓު ވިއްކުމުގެ އިތުރުން، އެކި ވަސްތައް އެއްކޮށްގެން ކަސްޓަމަރުން ބޭނުންވާ ފަދަ އަމިއްލަ ވަހެއްގެ ސެންޓު ތައްޔާރުކޮށްދިނުމަށް ހާއްސަ ތަނެކެވެ.
މި ކުންފުނީގެ ތިން ފިހާރައެއް މިހާރުވެސް ގްރޭޓަރ މާލެ ސަރަހައްދުގައި ހުރެ އެވެ. އެއީ ލޮނުޒިޔާރަތް މަގުގައި ހުންނަ ފިހާރައާއި، މަޖީދީ މަގަށް މި ބަދަލުކުރެވުނު ފިހާރައިގެ އިތުރުން ހުޅުމާލެ ބޮޑު މަގުގައި ހުންނަ ފިހާރަ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި މި ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ތަފާތު އުފެއްދުންތަކެއް ފޯރުކޮށްދެމުންނެވެ.
ސެންޓުގެ އިތުރުން، އެކި ބާވަތުގެ ލޯޝަނާއި، މަތީ ފެންވަރުގެ އަތަރާއި، ގޭތެރެއާއި ކާރަށް ހާއްސަ ރޫމް ސްޕްރޭ ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ. އަދި އާންމުބަލިތަކާއި ރޯގާއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ބޮޑު އާވި" އަކީ ވެސް ކަސްޓަމަރުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ އުފެއްދުމެއްކަން ފާހަގަކޮށްލެވެ އެވެ.

