Island Perfume Bar. Loading…

އައިލަންޑް ޖާނަލް

Englishދިވެހި

4 އޮކްޓޯބަރު 2026

ކުލަގަދަ ރަސްމިއްޔާތަކާއެކު، އައިލެންޑް ޕާފިއުމްސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި އައިލެންޑް ޕާފިއުމްސްގެ އައު ފިހާރައެއް ހުޅުވުން؛ މިއީ މާލެ ސަރަހައްދުގައި ހުޅުވި އައިލެންޑް ޕާފިއުމްސްގެ 3 ވަނަ ފިހާރަ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެންޓު ވަގުތުން ތައްޔާރުކޮށްދޭ މަޝްހޫރު ސެންޓް ފިހާރަ، އައިލެންޑް ޕާފިއުމްސްގެ އައު ފިހާރައެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ހުޅުމާލޭގައި ހުޅުވި އައިލެންޑް ޕާފިއުމްސްގެ ފުރަތަމަ ފިހާރައެވެ. މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު (ބޮޑު މަގު) ގައި ހުންނަ ލޮޓް ނަންބަރު 11200 ގައެވެ. އެއީ ހައިވޭއަށް އަރަންދާ ސަރަހައްދު، އިލާލާ ފިހާރަ ކުރިމައްޗަށެވެ.

މި ފިހާރަ ހުޅުވައިދެއްވީ އައިލެންޑް ޕާފިއުމްސްގެ ހަތަރު ޑިރެކްޓަރުންގެ މަންމައިންނެވެ. މި ހަފްލާގައި ކުންފުނީގެ ޑިރެކްޓަރުންނާއި އެ ބޭފުޅުންގެ އާއިލާގެ އިތުރުން، އައިލެންޑް ޕާފިއުމްސްގެ އެމްބެސެޑަރ، މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ވެސް ބައިވެރިވިއެވެ.

އައިލެންޑް ޕާފިއުމްސްގެ ޑިރެކްޓަރު ހަސަން ނަސްރު (ޕާފިއުމްބައެ) ވިދާޅުވީ، މި ފިހާރައާއެކު ޕާފިއުމްތަކުގެ އައު ނޯޓްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ކޮންމެ ސެންޓެއް ހަދާއިރު ވެސް ކަސްޓަމަރުން ބޭނުންވާ ނޯޓެއް ބޭނުން ވަރަކަށް ގަދަކޮށް ނުވަތަ މަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެ ކުންފުނީގެ އަމިއްލަ ސެންޓްތަކެއް ވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ފިރިހެނުންނަށް ހާއްސަ ތިން ވައްތަރަކާއި އަންހެނުންނަށް ހާއްސަ ތިން ވައްތަރެއް ހިމެނެއެވެ.

އޭގެއިތުރުން އަލަށް ހުޅުވުނު ފިހާރައިގައި 500 އާއި 700 އާ ދެމެދުގެ އަދަދަކަށް ފްރެގްރެންސްތައް ލިބެން ހުންނާނެ ކަމަށާއި، ސެންޓު ތައްޔާރުކުރަން ބޭނުންނަމަ 1000 އަށްވުރެ ގިނަ ވައްތަރުގެ ސެންޓު ތައްޔާރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ "ޕާފިއުމް ބާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އައިލެންޑް ޕާފިއުމްސްއަކީ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓު ވިއްކުމުގެ އިތުރުން، އެކި ޕާފިއުމްތައް މިކްސްކޮށްގެން ކަސްޓަމަރުން ބޭނުންވާ ފަދަ އަމިއްލަ ސެންޓު ތައްޔާރުކޮށްދޭ ތަނެކެވެ. މި ކުންފުނިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ސެންޓުގެ އިތުރުން ލޯޝަނާއި، މަތީ ފެންވަރުގެ އަތަރާއި، ގޭތެރެއާއި ކާރަށް ހާއްސަ ރޫމް ސްޕްރޭގެ އިތުރުން، ރޯގާއަށް ހާއްސަ "ބޮޑު އާވި" ވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

----------

އައިލެންޑް ޕާފިއުމްސްގެ އައު ފިހާރަ ހުޅުވުމަށްފަހު، އެ ކުންފުނީގެ އެއް ޑިރެކްޓަރުކަމުގައިވާ ޕާފިއުމްބައެ 'ޖަވިޔަނި' އަށް ދިން އިންޓަވިއު:

ޝެއާ ކުރައްވާ